ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު ކަނޑައަޅުއްވައިފި

10/10/2011

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސަކު ހޮވުމަށް ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނެގުނު ސިއްރުވޯޓުން ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު އެ މަޤާމަށް ކަނޑައަޅުއްވައިފިއެވެ.

މިއަދު ބޭއްވުނު ކޮމިޝަންގެ 103 ވަނަ ޖަލްސާގައި ނާއިބުރައީސަކު ހޮވުމަށް މެންބަރުންނަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކޮމިޝަންގެ ނާއިބުރައީސް ކަމުގެ މަޤާމަށް ކުރިމަތި ލެއްވީ ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި ކޮމިޝަންގެ މެންބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ. މި ދެބޭފުޅުންގެ މެދުގައި ނެގުނު ސިއްރު ވޯޓުގެ ފުރަތަމަ ބުރުން 5 ވޯޓް 5 ވޯޓުން އެއްވަރު ވުމުން ކޮމިޝަނުން ނިންމެވީ އަލުން ނަންހުށަހަޅައި، އެ ހުށަހެޅޭ ބޭފުޅުންގެ މެދުގައި ސިއްރުވޯޓެއް އަލުން ނެގުމަށެވެ. އެގޮތުން ދެވަނަ ބުރުގައިވެސް ހުށަހެޅިގެން ދިއައީ ކުރިންވެސް ހުށަހެޅުނު ދެމެންބަރުންގެ ނަމެވެ. މި ދެމެންބަރުންގެ މެދުގައި ނެގުނު ދެވަނަ ބުރުގެ ސިއްރުވޯޓުން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒަށް ލިބިވަޑައި ގެންނެވި 06 ވޯޓެވެ. އަދި އަލްއުސްތާޛު ޢަބްދުﷲ ދީދީއަށް ލިބިވަޑައި ގެންނެވީ 04 ވޯޓެވެ. އެހެންކަމުން ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް 10 އޮކްޓޯބަރ 2011 ވީ ހޯމަދުވަހުގެ ޖަލްސާއިން އަލްއުސްތާޛު ޢަބްދުﷲ މުޢިއްވަނީ އައްޔަނު ކުރައްވާފައެވެ.