ކޮމިޝަންގެ މައްޗަށް ސިވިލްކޯޓުން ނެރެފައިވާ ވަގުތީ އަމުރު ބާޠިލްކޮށް، އަދި މި މައްސަލަ ބެލުމުގެ އިޙުތިޞާސް އެކޯޓަށް ނެތްކަމަށް ހައިކޯޓުން ކަނޑައަޅުއްވައިފި

29/9/2011

ސުޕީރިއާރކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނުން ހަދާފައިވާ ޤަވާޢިދު،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުކަމަށް ބުނެ، ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ސިވިލްކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށާއި އަދި މި މައްސަލާގައި ސިވިލްކޯޓުން ކޮމިޝަންގެ މައްޗަށް ނެރެފައިވާ ވަގުތީއަމުރަކީ ބާޠިލް ޢަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ކަނޑައަޅުއްވައިފިއެވެ.