ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރ އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙުމާން ހަމަޖެއްސަވައިފި

21/9/2011

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙުމާން ހުންނަވާ ގޮތަށް ކޮމިޝަނުން ނިންމަވައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމެވީ ކުރިން މި މަޤާމު އަދާކުރައްވަމުން ގެންދެވި ޑރ.އަފުރާޝީމް ޢަލީ ކޮމިޝަންގެ މެމްބަރުކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކުރެއްވުމާ ގުޅިގެން އެމަޤާމު ހުސްވެފައިވާތީއެވެ.