ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން އަމުރުކޮށްފި

15/9/2011

ސިވިލް ކޯޓުގެ ވަގުތީ އަމުރަކީ އެއަމުރާ ގުޅޭ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް އޮތްކަމަށް ނިންމަވާފައި ވީހިނދު، އެއަމުރު އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވުމުން، އެމައްސަލައާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތެއް ކަނޑައަޅުއްވައި ޙުކުމެއް ކުރެވުމުގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދަޢުވާގެ މައްސަލާގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ސިވިލް ކޯޓުގެ މައްޗަށް އަމުރުކޮށްފިއެވެ.