އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށާއި މި ގޮތުން އައްޔަންކުރައްވާ މެޖިސްޓްރޭޓުން ވަޒީފާ އަދާކުރަމުންދާނީ ކޯޓުތަކުގެ ޤާނޫނު އައިއިރު އެ މެޖިސްޓްރޭޓަކު މަސައްކަތް ކުރަމުންދާ ކޯޓުގެގޮތުގައި ކަމަށް ކޮމިޝަނުން ނިންމައިފި

13/9/2011

އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށާއި މި ގޮތުން އައްޔަންކުރައްވާ މެޖިސްޓްރޭޓުން ވަޒީފާ އަދާކުރަމުންދާނީ ކޯޓުތަކުގެ ޤާނޫނު އައިއިރު އެ މެޖިސްޓްރޭޓަކު މަސައްކަތް ކުރަމުންދާ ކޯޓުގެގޮތުގައި ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިގޮތަށް ކޮމިޝަނުން ނިންމެވީ 12 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ޖަލްސާއިންނެވެ. އެދުވަހުގެ ޖަލްސާގައި އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށާއި މި ގޮތުން އައްޔަންކުރައްވާ މެޖިސްޓްރޭޓުން ވަޒީފާ އަދާކުރަމުންދާނީ ކޯޓުތަކުގެ ޤާނޫނު އައިއިރު އެ މެޖިސްޓްރޭޓަކު މަސައްކަތް ކުރަމުންދާ ކޯޓުގައިކަމަށާއި، މިގޮތަށް އުފެދިފައިވާ މަގާމުތައް ދެމިއޮންނާނީ ފަނޑިޔާރުންގެ ޤާނޫނުގައި ފަނޑިޔާރެއްގެ މަޤާމު ހުސްވާނެކަމަށް ބުނާ ހާލަތުންކުރެ ހާލަތެއް ދިމާވެގެން އެ މަޤާމެއް ހުސްވުމާ ހަމަޔަށްކަމާއި، ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖައްސާ މެޖިސްޓްރޭޓުންނަށް ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މަޤާމެއް ހަމައެއް ނުޖެއްސޭނެކަމަށާއި، އަދި  ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުން ހަމަޖެހޭނީ މެޖިސްޓްރޭޓުންގެ ގޮތުގައިކަމަށް ކޮމިޝަނުން ނިންމިއެވެ.