ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިޢުނާފުކުރުމަށް ކޮމިޝަނުން ނިންމައިފި

10/9/2011

ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނުން ހަދާފައިވާ ޤަވާޢިދު،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާ ޚިލާފުކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލާގައި، ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އިސްތިޢުނާފުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމާ ގުޅޭގޮތުންް ހުށަހަޅާފައިވާ މައްސަލާގައި 08 ސެޕްޓެމްބަރު 2011 ވަނަ ދުވަހުގެ ރޭ ސިވިލް ކޯޓުން ނެރެފައިވާ އަމުރުގައި، މި މައްސަލާގައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމުގެކުރިން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރު އިސްތިޢުނާފުކުރުމަށް ނިންމެވީ 09 ސެޕްޓެމްބަރު 2011 ވީ ހުކުރުދުވަހު ކޮމިޝަނުން ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.