16 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި 17 ފަރާތަކުން ކުރިމަތި ލައިފި

25/8/2011

މެޖިސްޓްރޭޓް ކޯޓަކުގެ ތެރެއިން 16 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި 17 ފަރާތަކުން ކުރިމަތި ލައިފިއެވެ.

އަތޮޅުތެރޭގެ 16 ރަށެއްގެ މެޖިސްޓްރެޓް ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް 2011 ޖުލައި 25 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ފޯމު ހުށަހަޅާފައިވާ 17 ފަރާތުގެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކޮމިޝަނުން މިހާރުގެންދަނީ ކުރަމުންނެވެ. އަދި މި ކޯޓުތަކުގެ މެޖިސްޓްރޭޓް ކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުމަށްފަހު، ސޯޓްލިސްޓްކޮށް، އަންނަ ސެޕްޓޭމްބަރ މަހުގެ 15ގެ ކުރިން މި މަސައްކަތް  ނިންމާ ލުމަށް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން މެޖިސްޓްރޭޓުން ހޯދުމަށް ކޮމިޝަނުން އިޢުލާންކޮށްފައިވާ 16 ރަށަކީ ހދ. ނޮޅިވަރަމް، ނ.މިލަދޫ، ނ.މާފަރު، ރ.އުނގޫފާރު، ބ.ތުޅާދޫ، ޅ.ނައިފަރު، ޅ.ހިންނަވަރު، ކ.ގާފަރު، އއ.އުކުޅަސް، އދ.އޮމަދޫ، އދ.މާމިގިލި، މ.ދިއްގަރު، ތ.މަޑިފުށި، ގއ.ދެއްވަދޫ، ސ.ހިތަދޫ އަދި ސ. މީދޫއެވެ.