ސުޕީރިޔާ ކޯޓުތަކުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައި އެކަން އިޢުލާންކޮށްފި

4/8/2011

ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތައް ފަނޑިޔާރުކަމަށް ނެގުމުގައި ޢަމަލުކުރުމުގެ ގަވާއިދު  “ސުޕީރިއަރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” ގެ ޖަދުވަލު 1 ގައިވާ ” ސުޕީރިއާ ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާ” ގެ 2 ވަނަ ނަންބަރުގައިވާ ތަޖުރިބާއަށް މާކްސް ދިނުމުގެ ބަޔަށް އިޞްލާޙެއް ގެނެސްފައިވާތީ، ދަންނާވާފައިވާ އިއުލާންގައިވާ ޤާޟީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައި އެކަން އިޢުލާންކޮށްފިއެވެ.

މި ކޮމިޝަންގެ 6 ޖުލައި 2011 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހެއެވެ.

މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފައިވަނީ ސުޕީރިޔާ ކޯޓުތަކުގެ ތެރެއިން ސިވިލްކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށެވެ. މި ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ކޯޓަށް 02 ފަނޑިޔާރުންނެވެ. އަދި ފެމެލީ ކޯޓަށް ނެގުމަށް ހަމަޖެހިފައިވަނީ 03 ފަނޑިޔާރުންނެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ނެގުމަށް ކޮށްފައިވާ އިޢުލާނާއި ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ ޤަވާއިދާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އެދޭ ފޯމު މިކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.