ތައުދީބީ ފިޔަވަޅެއްގެ ގޮތުން ސިވިލް ކޯޓުގެ ޤާޟީ އައްޝަޢިޚް މުޙައްމަދު ނަޢީމު، ޖުވައިނަލް ކޯޓަށް ބަދަލުކޮށްފި

24/3/2011

ތައުދީބީ ފިޔަވަޅެއްގެ ގޮތުން ސިވިލް ކޯޓުގެ ޤާޟީ އައްޝަޢިޚް މުޙައްމަދު ނަޢީމު، ޖުވައިނަލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 24 މާރޗް 2011 ވަނަ ދުވަހު ބޭއްވު ކޮމިޝަންގެ ޖަލްސާގެ އިއްތިފާޣުން ނިންމަވައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމެވީ ދައުލަތަށް ލިބޭ އަދި ދައުލަތުން ރައްދުވާ މައްސަލަތަކުގެ ތެރެއިން ސިވިލްކޯޓުގައި ކުރިޔަށްގެންދާ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ރުހުންނުލިބޭ ބަންޑާރަނާއިބަކު ހުއްޓާ ދައުލަތުގެ ފަރާތުން ހުށަހަޅާ މައްސަލަތަކާއި ދައުލަތަށް ރައްދުވާ މައްސަލަތައް ކުރިޔަށް ނުގެންދާނެކަމުގައި ސިވިލްކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމް ނިންމަވާފައިވާތީ، އެމައްސަލަ ބެލުމަށްފަހު ތައުދީބީ ކޮމިޓީން މައްސަލަ ތަޙުޤީޤުކުރައްވާ ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި އެކޮމިޓީގެ މެމްބަރުން އިއްތިފާޤުވެފައިވާގޮތުގެ މަތިން ޤާނޫނު ނަމްބަރ: 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ރ)  އަށް ރިޢާޔަތްކޮށެވެ.