ކޯޓްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލައިފައި އޮތްއޮތުން ނިމުމަކަށް ގެނެސްފި

24/3/2011

ކޯޓްތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ހުޅުމާލޭގައި ހުރި މެޖިސްޓްރޭޓް ކޯޓްގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލައިފައި އޮތްއޮތުން ނިމުމަކަށް ގެނެސް މެޖިސްޓްރޭޓް ކޯޓެއްގެގޮތުގައި އެކޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، އަދި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތް އުއްތަމަ ފަނޑިޔާރުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދެވުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ 24 މާރޗް 2011 ވަނަ ދުވަހު ބޭއްވު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާގައި ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން ނިންމަންޖެހޭ ކަންތައްތައް ލިސްޓުކުރި ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން މި މައްސަލާގައި މެމްބަރުން ބަހުޘް ކުރެއްވުމަށް ފަހު ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.