ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވިއުކޮށް އަލުން އެކުލަވާލައިފި

17/3/2011

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވިއުކޮށް، އަލުން އެކުލަވާލައިފިއެވެ.

16 މާރޗް 2011 ވަނަ ދުވަހު ބޭއްވު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއިން ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވުކޮށް، ކޮމިޝަންގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ކޯޓްތަކުގެ ޤާނޫނަށް ރިޢާޔަތްކޮށް، ކޮމިޝަންގެ އިދާރީ އޮނިގަނޑު އަލުން އެކުލަވާލައިފިއެވެ. މިއޮނިގަނޑުގެ ދަށުން ކޮމިޝަންގެ މަސައްކަތް ބަހާލެވިފައިވަނީ މައިގަނޑު ހަތަރު ސެކްޝަންގެ މައްޗަށެވެ. އެގޮތުން   އެކުލަވާލެވުނު އޮނިގަނޑުގައި ހިމެނެނީ އިދާރީ ސެކްޝަނާއި ކޮމިޝަން ބިއުރޯއާއި ހިޔުމަންރިސޯސް ސެކްޝަންގެ އިތުރުން، ލީގަލް ސެކްޝަނެވެ.