ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހޮވުމަށް އިންޓަވިއުކުރަނީ

10/3/2011

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަވިއުކުރުން، 12 މާރޗް 2011 ވާ ހޮނިހުރު ދުވަހު ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.

ސެކްރެޓްރީ ޖެނެރަލް ހޮވުމަށް ކަނޑައަޅާފައިވާ ޕެނަލުން ނިންމާފައިވާ އުސޫލާއެއްގޮތަށް، މި މަޤާމަށް ކުތިމަތިލައްވާފައިވާ  ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ގޮތް މިހާރު ކޮމިޝަނުންވަނީ ކެންޑިޑޭޓުންނަށް އަންގާފައެވެ. މި މަޤާމަށް ކުރިމަތި ލައްވާފައިވާ 10 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވަނީ ނަންއަބުރާ ގެންދަވާފައެވެ. އަދި 03 ބޭފުޅަކުވަނީ ތަޖުރިބާގެ ބައިން ޝަރުތު ފުރިހަމަ ނުވާތީ ޑިސްކޮލިފައިކޮށްފައެވެ. އެހެންކަމުން ސެކްރެޓްރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ 06 ފަރާތަކާއެވެ.

ސެކްރެޓަރީ ޖެނެރަލް ހޮވުމުގައިި ޢަމަލުކުރާނެ އުޞޫލުގައިވާ ގޮތުން އިންޓަވިއު ޕެނަލްގެ ރިޕޯޓާއި މާކްސް ލިސްޓަށް ބެލުމަށްފަހު ސެކްރެޓަރީ ޖެނެރަލްކަމަށް ޢައްޔަންކުރާނެ ފަރާތެއް ކަނޑައަޅާނީ ކޮމިޝަނުންނެވެ.