ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވިއުކޮށް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ

10/3/2011

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރީ އޮނިގަނޑު ރިވިއުކޮށް، އަލުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އެގޮތުން އަލަށް އެކުލަވާލެވިފައިވާ ކޮމިޝަންގެ އިދާރީ އޮނިގަނޑާ ގުޅޭގޮތުން 9 މާރޗް 2011 ގައި ކޮމިޝަންގެ ޖަލްސާގައި  މެމްބަރުން ބަހުސްކުރެއްވުމަށްފަހު، ނިންމެވީ  ކޮމިޝަންގެ މެމްބަރު ސިވިލް ސަރިވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަފު ފަހުމީ ޙަސަންގެ ބެއްލެވުމުގެ ދަށުން މިހާރު ހަދާފައިވާ އޮނިގަނޑު މެމްބަރުން ފާޅުކުރެއްވި ޚިޔާލުފުޅުތަކަށް ރިޢާޔަތްކޮށް، އިސްލާހުކުރުމަށްފަހު ކޮމިޝަނަށް ހުށަހެޅުމަށެވެ.