ހދ.ކުމުންދާ ކޯޓް ބަންދުކުރި މައްސަލަ ބައްލަވައިދިނުމަށް މޯލްޑިސް ޕޮލިސް ސަރވިސްގައި އެދެފި

23/2/2011

ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތަށް ހުރަސްއަޅާ، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކޯޓުބަންދުކުރުމާ ގުޅިގެން، އެކަން ބަލައިދިނުމަށާއި، އެކޯޓުގެ މުވައްޒަފުންނާއި، މެޖިސްޓްރޭޓަށް އެފަރާތްތަކުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް، މޯލްޑިސް ޕޮލިސް ސަރވިސްގައި ކޮމިޝަންގެ ފަރާތުން  22 ފެބުރުއަރީ 2011 ގައި އެދެފިއެވެ.