އިންޓެގްރިޓީ

ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމަކީ ފަނޑިޔާރުން މަޤާމުގެ ވާޖިބު ފުރިހަމައަށް އަދާކުރުމުގައި ކޮންމެހެން ހުންނަންޖެހޭ ސިފައެކެވެ.
ޢަމަލުކުރަންވީ ގޮތް
ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަންވާނީ، އެމީހުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު ޢާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށެވެ.
ފަނޑިޔާރުންގެ އަޚްްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު ޢާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށެވެ.
މި ސުލޫކީ މިންގަނޑާ ޚިލާފުވެވިއްޖެކަމަށް ނުވަތަ އޭނާ އަދާކުރަންޖެހޭ މަސްއޫޫލިއްޔަތުތައް އަދާނުކުރެވޭފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް އެ ފަނޑިޔާރަކަށް ޤަބޫލުކުރެވިއްޖެނަމަ އެ ފަނޑިޔާރަކު އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަންވާނެއެވެ.