• 12ޑިސެމްބަރ 2010 އިން 16 ޑިސެމްބަރ 2010 އަށް ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ސްޓޭޓަސް

16/12/2010

12ޑިސެމްބަރ 2010 އިން 16 ޑިސެމްބަރ 2010 އަށް ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ސްޓޭޓަސްއަށް ބަލާއިރު، މި ހަފުތާގައި ބޭއްވިފައިވަނީ އެންމެ ޖަލްސާއެކެވެ. އެއީ 16 ޑިސެމްބަރ 2010 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާއެވެ.

16ޑިސެމްބަރ 2010 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ހައިކޯޓު ފަނޑިޔާރުން ނެގުމަށް އެކުލަވާލާފައިވާ ކޮމެޓީއާއި ސެކެރެޓްރީ ޖެނެރަލް ނެގުމަށް އެކުލަވާލި ކޮމެޓީގެ  މަސައްކަތްކުރިއަށް ނުދާތީ ، އެކަން ހަލުވިކުރުމަށް އެކޮމެޓީތަކުގައި ހިމެނޭ މެމްބަރުންނާ މަޝްވަރާކޮށް އަވަސްކުރުމަށް ފިޔަވަޅުތަކެއް އެޅުމާއި،  ކޮމިޝަނާ ދެކޮޅަށް ޓްރެޝަރ އައިލެންޑް އެންޓަރޕްރައިސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައާގުޅޭގޮތުން މިހާރު ކޯޓުމަރުހަލާގައި އެކަންދާގޮތުގެ  މެމްބަރުންނަށް ބްރީފްކޮށް ދިނުމާއި، އަދި ކޯޓުތަކުގެދާއިރާ ހަވާލުކުރުމަށް ހުރި މައްސަލަތަކުގައި ގޮތްތަކެއް ކަނޑައެޅުމެވެ.

މީގެ އިތުރުން މިހަފުތާގައި ކުރިއަށް ގެންދެވިފައިވާ ކޮމެޓީތަކަށް ބަލާއިރު، ތަހުޤީގު ކޮމެޓީއާ ވަޒީފާ ކޮމެޓިގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ. އަދި ކޮމިޝަނުން ބަލަމުންދާ މައްސަލައަކާގުޅޭގޮތުން އެކުލަވާލާފައިވާ ޝަބްކޮމެޓީގެ 4 ބައްދަލުވުމެއް ކުރިއަށް ގެންދެވިފައިވެއެވެ.

މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށް އެކުލަވާލި ޕެނަލާއި، ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއުކުރުމަށް އެކުލަވާލި ކޮމިޓީ މަސައްކަތް ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލް ވެފައެވެ.

އެހެންނަމަވެސް ފަނޑިޔާރުންގެ ޤާނޫނާ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ދެނެގަނެ، އެކަންކަން ކުރާނެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.