ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 8 އަދި 9 ޑިސެމްބަރު 2010 ގައި ބޭއްވުނު ކޮމިޓީ އަދި ކޮމިޝަން ޖަލްސާ

9/12/2010

8 ޑިސެމްބަރު 2010 ގައި ބޭއްވުނު ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް އެކުލަވާލި ޕެނަލްގެ ބައްދަލުވުން ކޯރަމް ހަމަނުވުމުން ވަނީ ކެންސަލްވެފައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވޭނެ ކަމަށް ދެންނެވީ
1.    ޑރ އަޙްމަދު ޢަލީ ސަވާދު
2.    އަލްއުސްތާޛު އަޙްމަދު ރަޝީދު
މި ކޮމިޓީ ބައްދަލުވުމަށް ވަކިއެއްޗެއް ނާންގަވާ ބޭފުޅުން
1.    އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 9 ޑިސެމްބަރު 2010 ވަނަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްވެއްޖެ.
މިބައްދަލުވުމަށް ވަޑައިގެންނެވީ
1.    އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ
2.    އަލްފާޟިލް އަބްދުﷲ ދީދީ
3.    އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން
4.    އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން
5.    އަލްއުސްތާޛު އަޙްމަދު ރަޝީދު

މި ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން އަދި ވަޑައިނުގެންނެވި ސަބަބު
1.    އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު 5 ޑިސެމްބަރުން ފެށިގެން 16 ޑިސެމްބަރު 2010 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް 9:00 ން 17:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެންޑް އެތިކްސް ޓްރެއިނިންގ ޕްރޮގްރާމެއްގައި އުޅުއްވާތީ ކޮމިޝަން ޖަލްސާއަށް ވަޑައިގަތުމަށް ދަތިފުޅުކަމަށް ދަންނަވާފައިވެއެވެ.
2.    އަލްފާޟިލް ޢަބްދުﷲ ޝާހިދު ރަށުގައި ނޫޅުއްވާތީ ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
3.    ޑރ. އަފްރާޝީމް ޢަލީ 25 ނޮވެމްބަރު 2010 ގައި ޖަލްސާ ދޫކުރައްވައި ވަޑައިގެންވިފަހުން ކޮމިޝަންގެ އެއްވެސް ޖަލްސާއެއްގައި އަދި ކޮމިޓީގެ ބައްދަލުވުމެއްގައި ޑރ. އަޙްމަދު ޢަލީ ސަވާދު ބައިވެރިވެ ވަޑައިގަންނަވާނަމަ އިއުތިރާޒު ކުރައްވާ ކަމަށް ވިދާޅުވެ މި ދެބައްދަލުވުމުގައި ބައިވެރިވެ ވަޑައެއްނުގަންނަވައެވެ.
4.    ޑރ. އަޙްމަދު ޢަލީ ސަވާދު ވަކި އެއްޗެއްވިދާޅުނުވެ ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.
5.    އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ކޮމިޝަންގެ ކަންތައްތައް ދާގޮތާމެދު ހިންހަމަ ނުޖެހޭކަމަށް ދަންނަވާ ޖަލްސާއަށް ވަޑައިގަތުމަށް އުޒުރުވެރިވާކަމަށް ދެންނެވިއެވެ.