ކޮމިޝަން ޖަލްސާ 5 ޑިސެމްބަރު 2010

5/12/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 5 ޑިސެމްބަރު 2010 ވަނަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްވެއްޖެ.

  • މިބައްދަލުވުމަށް ވަޑައިގެންނެވީ

1.      އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

2.      އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

3.      އަލްއުސްތާޛު އަޙްމަދު ރަޝީދު

  • މި ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން އަދި ވަޑައިނުގެންނެވި ސަބަބު

1.      އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ އޮފީހުގެ މަސައްކަތް ހުރިގޮތުން ކޮމިޝަން ޖަލްސާއަށް ވަޑައިނުގެންނެވޭނެކަމަށް ދެންނެވިއެވެ.

2.      އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު 5 ޑިސެމްބަރުން ފެށިގެން 16 ޑިސެމްބަރު 2010 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް 9:00 ން 17:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެންޑް އެތިކްސް ޓްރެއިނިންގ ޕްރޮގްރާމެއްގައި އުޅުއްވާތީ ކޮމިޝަން ޖަލްސާއަށް ވަޑައިގަތުމަށް ދަތިފުޅުކަމަށް ދަންނަވާފައިވެއެވެ.

3.      އަލްފާޟިލް ޢަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުރިގޮތުން ކޮމިޝަންގެ ބައްދަލުވުންތަކަށް 28 ނޮވެމްބަރު 2010 ން ފެށިގެން 5 ޑިސެމްބަރު 2010 ގެ ނިޔަލަށް ވަޑައިގަތުމަށް ދަތިފުޅުކަމަށް ދަންނަވާފައިވެއެވެ.

4.      އަލްފާޟިލް އަބްދުﷲ ދީދީ ސަލާން ވިދާޅުވެ ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.

5.      ޑރ. އަފްރާޝީމް ޢަލީ 25 ނޮވެމްބަރު 2010 ގައި ޖަލްސާ ދޫކުރައްވައި ވަޑައިގެންވިފަހުން ކޮމިޝަންގެ އެއްވެސް ޖަލްސާއެއްގައި އަދި ކޮމިޓީގެ ބައްދަލުވުމެއްގައި ޑރ. އަޙްމަދު ޢަލީ ސަވާދު ބައިވެރިވެ ވަޑައިގަންނަވާނަމަ އިއުތިރާޒު ކުރައްވާ ކަމަށް ވިދާޅުވެ ބައިވެރިވެ ވަޑައެއްނުގަންނަވައެވެ.

6.      ޑރ. އަޙްމަދު ޢަލީ ސަވާދު ވަކި އެއްޗެއްވިދާޅުނުވެ ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.

7.      އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ކޮމިޝަންގެ ކަންތައްތައް ދާގޮތާމެދު ހިންހަމަ ނުޖެހޭކަމަށް ދަންނަވާ ޖަލްސާއަށް ވަޑައިގަތުމަށް އުޒުރުވެރިވާކަމަށް ދެންނެވިއެވެ.