ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 1 ޑިސެމްބަރު 2010 ގައި ބޭއްވުނު ކޮމިޓީ ބައްދަލުވުން އަދި ކޮމިޝަން ޖަލްސާ

1/12/2010

1 ޑިސެމްބަރު 2010 ވަނަ ދުވަހު 13:00 ގައި ބޭއްވި ފަނޑިޔާރުންގެ ޤާނޫނާ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އުފެއްދި ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލްވެފައެވެ.

  • މިބައްދަލުވުމަށް ވަޑައިގެންނެވީ

1. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

2. އަލްއުސްތާޛު އަޙްމަދު ރަޝީދު

  • މި ބައްދަލުވުމަށް ވަޑައިނުގަންނަވަނީ

1. އަލްފާޟިލް އަބްދުﷲ ދީދީ

  • މި ކޮމިޓީގައި ދެން ހިމެނިގެންވަނީ ކޮމިޝަންގެ މުވައްޒަފު އަލްއުސްތާޛު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރެވެ. އަލްއުސްތާޛު ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރު މިވަގުތު ހުންނެވީ ޗުއްޓީގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 1 ޑިސެމްބަރު 2010 ވަނަ ދުވަހުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްވެއްޖެ.

  • މިބައްދަލުވުމަށް ވަޑައިގެންނެވީ

1. އަލްއުސްތާޛު އާދަމް މުޙަންމަދު އަބްދުﷲ

2. އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

3. އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

4. އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

5.      އަލްއުސްތާޛު އަޙްމަދު ރަޝީދު

  • މި ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން އަދި ވަޑައިނުގެންނެވި ސަބަބު

1. އަލްފާޟިލް ޢަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުރިގޮތުން ކޮމިޝަންގެ ބައްދަލުވުންތަކަށް 28 ނޮވެމްބަރު 2010 ން ފެށިގެން 5 ޑިސެމްބަރު 2010 ގެ ނިޔަލަށް ވަޑައިގަތުމަށް ދަތިފުޅުކަމަށް ދަންނަވާފައިވެއެވެ.

2. އަލްފާޟިލް އަބްދުﷲ ދީދީ ވަކި އެއްޗެއްވިދާޅުނުވެ ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.

3. ޑރ. އަފްރާޝީމް ޢަލީ 25 ނޮވެމްބަރު 2010 ގައި ޖަލްސާ ދޫކުރައްވައި ވަޑައިގެންވިފަހުން ކޮމިޝަންގެ އެއްވެސް ޖަލްސާއެއްގައި އަދި ކޮމިޓީގެ ބައްދަލުވުމެއްގައި ޑރ. އަޙްމަދު ޢަލީ ސަވާދު ބައިވެރިވެ ވަޑައިގަންނަވާނަމަ އިއުތިރާޒު ކުރައްވާ ކަމަށް ވިދާޅުވެ ބައިވެރިވެ ވަޑައެއްނުގަންނަވައެވެ.

4. އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ކޮމިޝަންގެ މެންބަރަކު ކޮމިޝަންގެ ބައެއް މެންބަރުން ބަޣާވާތެއް ކުރައްވާ ކަމަށް ކުރައްވާ ތުހުމަތާ މެދު ވާހަކަދެއްކުން އެހެން ހުރިހައި ކަމަކަށް ވުރެ މުހިންމު ކަމަށް ވިދާޅުވެ 27 ނޮވެމްބަރު 2010 ގެ ފަހުން ކޮމިޝަންގެ ޖަލްސާއެއްގައިވެސް އަދި ކޮމިޓީއެއްގައިވެސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

5. ޑރ. އަޙްމަދު ޢަލީ ސަވާދު ވަކި އެއްޗެއްވިދާޅުނުވެ ޖަލްސާއަށް ވަޑައެއްނުގަންނަވައެވެ.