ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ އިންޓަވިއު ޕެނަލްގެ ބައްދަލުވުން
30/11/2010
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 30 ނޮވެމްބަރު 2010 ވަނަދުވަހު މެންދުރު ފަހު 1:30 ގައި ބާއްވަން ހަމަޖެހުނު ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ އިންޓަވިއު ޕެނަލްގެ ބައްދަލުވުން މެމްބަރުންގެ އެދިލެއްވުމުގެ މަތިން ރިޝެޑިއުލް ކޮށް އެރޭ 8.30 ގައިވަނީ ބޭއްވިފައެވެ.
- މިބައްދަލުވުމަށް ވަޑައިގެންނެވީ
– އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު
– އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން
– ޑރ. އަޙްމަދު ޢަލީ ސަވާދު
– އަލްއުސްތާޛު އަޙްމަދު ރަޝީދު
- މި ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން
– ޑރ. އަފްރާޝީމް ޢަލީ
– އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން
– އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ
- ޑރ. އަފްރާޝީމް ޢަލީ 25 ނޮވެމްބަރު 2010 ގައި ޖަލްސާ ދޫކުރައްވައި ވަޑައިގެންވިފަހުން ކޮމިޝަންގެ އެއްވެސް ޖަލްސާއެއްގައި އަދި ކޮމިޓީގެ ބައްދަލުވުމެއްގައި ޑރ. އަޙްމަދު ޢަލީ ސަވާދު ބައިވެރިވެ ވަޑައިގަންނަވާނަމަ އިއުތިރާޒު ކުރައްވާ ކަމަށް ވިދާޅުވެ ބައިވެރިވެ ވަޑައެއްނުގަންނަވައެވެ.
- އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ކޮމިޝަންގެ މެންބަރަކު ކޮމިޝަންގެ ބައެއް މެންބަރުން ބަޣާވާތެއް ކުރައްވާ ކަމަށް ކުރައްވާ ތުހުމަތާ މެދު ވާހަކަދެއްކުން އެހެން ހުރިހައި ކަމަކަށް ވުރެ މުހިންމު ކަމަށް ވިދާޅުވެ 27 ނޮވެމްބަރު 2010 ގެ ފަހުން ކޮމިޝަންގެ ޖަލްސާއެއްގައިވެސް އަދި ކޮމިޓީއެއްގައިވެސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
30 ނޮވެމްބަރު 2010