ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 27، 28 އަދި 29 ނޮވެމްބަރު ގައި ބޭއްވުނު ކޮމިޓީ ބައްދަލުވުން ތަކާއި ކޮމިޝަން ޖަލްސާތަށް

29/11/2010
  • 27 ނޮވެމްބަރު 2010 ވަނަދުވަހު މެންދުރު ފަހު 1:30 ގައި ބޭއްވުނު ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ އިންޓަވިއު ޕެނަލްގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލްވެފައެވެ. މި ބައްދަލުވުމަށް ވަޑައިގެންނެވީ

– އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

– ޑރ. އަޙްމަދު ޢަލީ ސަވާދު

– އަލްއުސްތާޛު އަޙްމަދު ރަޝީދު

  • މި ކޮމިޓީ ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން

– އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު (އުއްތަމަ ފަނޑިޔާރުގެ ދެންނެވުމަކަށް ކުއްލި ޖަލްސާއަކަށް ޙާޟިރުވެ ވަޑައިގަންނަވަން ޖެހޭތީ)

– ޑރ. އަފްރާޝީމް ޢަލީ

– އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

– އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

  • 27 ނޮވެމްބަރު 2010 ވަނަދުވަހު މެންދުރު ފަހު 1:30 ގައި ބާއްވަން ހަމަޖެހުނު ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ އިންޓަވިއު ޕެނަލްގެ ބައްދަލުވުން ރިޝެޑިއުލް ކޮށް އެރޭ 8.30 ގައި ވަނީ ބޭއްވިފައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވީ

– އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

– އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

– ޑރ. އަޙްމަދު ޢަލީ ސަވާދު

– އަލްއުސްތާޛު އަޙްމަދު ރަޝީދު

  • މި ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން

– ޑރ. އަފްރާޝީމް ޢަލީ

– އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

– އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

  • 28 ނޮވެމްބަރު 2010 ގައި ބޭއްވުނު ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް އެކުލަވާލި ޕެނަލްގެ ބައްދަލުވުން ކޯރަމް ހަމަނުވުމުން ވަނީ ކެންސަލްވެފައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވީ

– އަލްއުސްތާޛު އަޙްމަދު ރަޝީދު

– އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

  • މި ކޮމިޓީ ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުން

– ޑރ. އަފްރާޝީމް ޢަލީ

– އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

– ޑރ. އަޙްމަދު ޢަލީ ސަވާދު (ފިނޭންސް މިނިސްޓްރީގައި އޮތް މީޓިން އަކަށް ވަޑައިގަތުމަށް)

  • 29 ނޮވެމްބަރު 2010 ގައި ދެދާއިރާއެއް ޙަވާލުކުރުމަށް ބޭއްވުނު ކޮމިޝަންގެ ކުއްލި ޖަލްސާ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ވަނީ ކެންސަލްވެފައެވެ. މިޖަލްސާއަށް ވަޑައިގެންނެވީ

– އަލްއުސްތާޛު އާދަމް މުޙަންމަދު އަބްދުﷲ

– އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

  • މި ޖަލްސާއަށް ވަޑައިނުގަންނަވަނީ

– އަލްފާޟިލް ޢަބްދުﷲ ޝާހިދު

– އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

– ޑރ. އަފްރާޝީމް ޢަލީ

– އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

– ޑރ. އަޙްމަދު ޢަލީ ސަވާދު

– އަލްއުސްތާޛު އަޙްމަދު ރަޝީދު

  • 29 ނޮވެމްބަރު 2010 ގައި ބޭއްވުނު ފަނޑިޔާރުންގެ ޤާނޫނާ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް އުފެއްދި ކޮމިޓީ ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލްވެފައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވީ

– އަލްއުސްތާޛު އަޙްމަދު ރަޝީދު

  • މިބައްދަލުވުމަށް ވަޑައިނުގަންނަވަނީ

– އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

– އަލްފާޟިލް ޢަބްދުﷲ ދީދީ

  • ޑރ. އަފްރާޝީމް ޢަލީ 25 ނޮވެމްބަރު 2010 ގައި ޖަލްސާ ދޫކުރައްވައި ވަޑައިގެންވިފަހުން ކޮމިޝަންގެ އެއްވެސް ޖަލްސާއެއްގައި އަދި ކޮމިޓީގެ ބައްދަލުވުމެއްގައި ޑރ. އަޙްމަދު ޢަލީ ސަވާދު ބައިވެރިވެ ވަޑައިގަންނަވާނަމަ އިއުތިރާޒު ކުރައްވާ ކަމަށް ވިދާޅުވެ ބައިވެރިވެ ވަޑައެއްނުގަންނަވައެވެ.
  • އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ކޮމިޝަންގެ މެންބަރަކު ކޮމިޝަންގެ ބައެއް މެންބަރުން ބަޣާވާތެއް ކުރައްވާ ކަމަށް ކުރައްވާ ތުހުމަތާ މެދު ވާހަކަދެއްކުން އެހެން ހުރިހައި ކަމަކަށް ވުރެ މުހިންމު ކަމަށް ވިދާޅުވެ 27 ނޮވެމްބަރު 2010 ގެ ފަހުން ކޮމިޝަންގެ ޖަލްސާއެއްގައިވެސް އަދި ކޮމިޓީއެއްގައިވެސް ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.