ކޮމިޝަން ޖަލްސާ 25 ނޮވެމްބަރ 2010

25/11/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 25 ނޮވެމްބަރު 2010 ވަނަ ދުވަހުގެ ޖަލްސާ ބޭއްވިއްޖެއެވެ.

މިއަދުގެ ޖަލްސާގައި މަޝްވަރާކުރެވުނީ ހައިކޯޓުގެފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި އިންޓަވިއު ޕެނަލް އެކުލަވާލުމާއި ފ. ނިލަންދޫ އަދި  އއ. ރަސްދޫ ކޯޓުގެ ދާއިރާ ޙަވާލުކުރުމާއި އަދި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑާބެހޭ މަޢުލޫމާތު ފަނޑިޔާރުންގެ ޖަމްޢިއްޔާއިން އެދިފައިވާތީ އެމަޢުލޫމާތު ދިނުމާބެހޭގޮތުންނެވެ.

ހައިކޯޓަށް ފަނޑިޔާރުން ޢައްޔަކުރުމަށްޓަކައި އެކުލަވާލި އިންޓަވިއު ޕެނަލްގައި ހިމެނެނީ

– އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

– ޑރ. އަފްރާޝީމް ޢަލީ

– އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

– އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

– އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

– ޑރ. އަޙްމަދު ޢަލީ ސަވާދު

– އަލްއުސްތާޛު އަޙްމަދު ރަޝީދު

މިއަދުގެ ޖަލްސާއަށް ހާޟިރުވެވަޑައިގެންނެވީ

1.      އަލްއުސްތާޛު އާދަމް މުޙަންމަދު އަބްދުﷲ

2.      އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

3.      ޑރ. އަފްރާޝީމް ޢަލީ

4.      އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން

5.      ޑރ. އަޙްމަދު ޢަލީ ސަވާދު

6.      އަލްފާޟިލް އަބްދުﷲ ދީދީ

7.      އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

8.      އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

9.      އަލްއުސްތާޛު އަޙްމަދު ރަޝީދު

މިއަދުގެ ޖަލްސާ ދޫކުރައްވައި ވަޑައިގަތް މެންބަރުންނާއި ވަޑައިގެންނެވި ސަބަބު

  • އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ 24 ނޮވެމްބަރު 2010 ގައި އެބޭފުޅާ ހުށަހެޅުއްވި ކުއްލި މައްސަލަ އެގޮތަށް އޮއްވައި ކޮމިޝަންގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީކަމަށް ވިދާޅުވެއެވެ.
  • ޑރ. އަފްރާޝީމް ޢަލީ ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވީ ޖަލްސާގައި އިންނެވި ބަންޑާރަ ނައިބު ޑރ. އަޙްމަދު ޢަލީ ސަވާދަށް މަޖިލީހުން ރުހުންދެއްވާފައި ނުވާތީ އެބޭފުޅާގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެ އަދި އެބޭފުޅާ އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެއެވެ.

މިއަދުގެ ޖަލްސާއަށް ހާޟިރުވެވަޑައި ނުގަންނަވާ މެންބަރުންނާއި ޙާޟިރު ނުވެވުނު ސަބަބު

  • އަލްފާޟިލް ޢަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތެއްގައި އުޅުއްވާތީ ވަޑައިގަންނަވަން ދަތިފުޅުކަމަށް ވިދާޅުވިއެވެ.

25 ނޮވެމްބަރު 2010