ކޮމިޝަން ޖަލްސާ 22 ނޮވެމްބަރ 2010

22/11/2010
  • ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 22 ނޮވެމްބަރު 2010 ވަނަ ދުވަހުގެ ޖަލްސާ ބާއްވައިފި
  • އެޖެންޑާގެ ފުރަތަމަ ތިން އައިޓަމް ކަމުގައިވާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށް އިންޓަރވިއު ޕެނަލް އެކުލަވާލުމާ، ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ލިސްޓް ކުރުމަށްޓަކައި އުފެއްދެވި ކޮމިޓީއިން ލިސްޓް ކޮށްފައިވާ ކަންތައްތައް ކުރާނެ ގޮތެއް ކަނޑައެޅުމާ އަދި ކޮމިޝަންގެ އިދާރީ ޤަވާއިދު ބަޙުޡްކޮށް ގޮތެއްނިންމުން، މިކަންތައްތަކަށް ކޮމިޝަންގެ ހުރިހާމެންބަރުން ހާޟިރުވެ ވަޑައިގަންނަވާ ދުވަހެއްގައި މަޝްވަރާކުރުމަށްޓަކައި އެކަންތައް ފަސްކުރައްވައި އެޖެންޑާ އައިޓަމް 4 އަށް ބަހުސް ކުރެއްވި
  • 4 ވަނަ އައިޓަމްގައި ވަނީ 21 އޮކްޓޯބަރު 2010 ގައި ކޮމިޝަންގެ ވެބްސައިޓް ގައި ޝާޢިއު ކުރެވުނު ކުއްލި ޚަބަރުގެ މައްސަލަ ބެލުމަށް 24 އޮކްޓޯބަރު 2010 ގައި ޑރ. އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ
  • މިމައްސަލައިގައި ކޮމިޝަންގެ މެންބަރުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައި އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޮމިޝަންގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމަކީ މުހިއްމު ކަމެއްގައި ދެކި އެގޮތަށް ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދެވުން މެންބަރުން ފާހަގަ ކުރެއްވި

މިއަދުގެ ޖަލްސާއަށް ހާޟިރުވެވަޑައިގެންނެވީ

1.      އަލްއުސްތާޛު އާދަމް މުޙަންމަދު އަބްދުﷲ

2.      ޑރ. އަފްރާޝީމް ޢަލީ

3.      އަލްފާޟިލް ޢަބްދުﷲ ޝާހިދު

4.      އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު

5.      އަލްފާޟިލް އަބްދުﷲ ދީދީ

6.      އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާން

7.      އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ

8.      އަލްއުސްތާޛު އަޙްމަދު ރަޝީދު

  • ޖަލްސާ ފަށައިގެން ކުރިއަށް ދަނިކޮށް ރިޔާސަތަށް ދެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޖަލްސާ ދޫކޮށް ވަޑައިގެންނެވިއެވެ.
  • ޑރ. އަޙްމަދު ޢަލީ ސަވާދު އަދި އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ރަށުގައި ނޫޅުއްވާތީ ޖަލްސާއަށް ޙާޟިރުވެވަޑައި ނުގަންނަވައެވެ.

22 ނޮވެމްބަރު 2010