08 ނޮވެމްބަރު 2010 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭއްވުމަށް ހަމަޖެއްސި ދެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކެންސަލް ވެއްޖެ

9/11/2010

08 ނޮވެމްބަރު 2010 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބޭއްވުމަށް ހަމަޖެއްސި ދެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކެންސަލް ވެއްޖެއެވެ.

އެގޮތުން ހެނދުނު 11:00 ގައި ބޭއްވުމަށް ހަމަޖެއްސެވި ޖަލްސާއަށް އެެޖެންޑާކޮށްފައިވަނީ ށ.އަތޮޅާއި މ.އަތޮޅުގެ އިސްމެޖިސްޓްރޭޓް ޗުއްޓީ ނެންގެވުމާގުޅިން އެ ދެ ދާއިރާ ހަވާލުކުރުކުރުމެވެ. މި ޖަލްސާއަށް ވަޑައިގެންނެވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުރަޙުމާން، ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ، އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.

އަދި 14:30 ގައި ބޭއްވުމަށް ހަމަޖެއްސެވި ޖަލްސާއަށް އެޖެންޑާކުރައްވާފައިވަނީ ހައިކޯޓު ފަނޑިޔާރުން ނެގުމަށް އިންޓަވިއު ޕެނަލް އެކުލަވާލުމާ، ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނާ ގުޅިގެން ކޮމިޝަނުންކުރަންޖެހޭ ކަންތައްތައް ލިސްޓްކުރުމަށްޓަކައި އުފެއްދެވި ކޮމިޓީއިން ލިސްޓްކޮށްފައިވާ ކަންތައްތައް ކުރާނެގޮތެއް ކަނޑައެޅުމާއި ށ.އަތޮޅާއި މ.އަތޮޅުގެ އިސްމެޖިސްޓްރޭޓް ޗުއްޓީ ނެންގެވުމާގުޅިން އެ ދެދާއިރާ ހަވާލުކުރުކުރުމެވެ.

މެންދުރު ފަހުގެ ޖަލްސާއަށް ވަޑައިގެންނެވީ، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު، ކޮމިޝަން މެމްބަރު ޑރ.އަޙުމަދު ޢަލީ ސަވާދު، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުރަޙުމާން، ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ، އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.