ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް ކޮމިޝަނުން ފާސްކުރައްވައިފި

8/11/2010

ޖުޑީޝަލް ސަރވިސް ކޮމިޝަނުން (8 ނޮވެމްބަރު 2010) ވަނަ ދުވަހު ބޭއްވުނު ޖަލްސާއިން ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅާ ފާސްކޮށްފިއެވެ.

ހައިކޯޓަށް ފަނޑިޔާރުން ނެގުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައެޅުމަށް އެކުލަވާލި ކޮމެޓީން ތައްޔާރުކޮށްފައިވާ އުސޫލަށް ތަފާތު 7 އިޞްލާޙެއް ހުށަހެޅި، މެމްބަރުން ފުޅާދާއިރާއެއްގައި އެ ހުށަހެޅުންތަކަށް ބަހުޘްކުރައްވާ އޭގެ ތެރެއިން 6 ހުށަހެޅުމެއް ވަނީ ފާސްކޮށްފައެވެ.

މި އުސޫލަށް މެމްބަރުން ހުށަހެޅުއްވި އިޞްލޙުތަކުގެ ތެރޭގައި

  1. ކޮމެޓީން އެކުލަވާލާފައިވާ މިންގަނޑުގައި ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ކޭސް ސްޓަަޑީއެއް ދިނުމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމާ
  2. ޝަރީޢަތާއި ޤާނޫނާ ދެބައިން ޑިގްރީ ނަންގަވާފައިވާނަމަ، އިތުރު މާކުސް ދިނުމަށާ
  3. އަންހެން ކެޑިޑޭޓަކާއި ފިރިހެން ކެޑިޑޭޓެއްގެ ޖުމްލަ މާކްސް އެއްވަރުވެއްޖެނަމަ، ފަނޑިޔާރުކަމަށް އައްޔަނުކުރުމުގައި އަންހެން ކެޑިޑޭޓަށް އިސްކަން ދިނުމާ
  4. ޝަރުތު ހަމަވެގެން ޑިގްރީއަކާއެކު ފަނޑިޔާރުކަމަށް ކޮލިފައިވާ ކެޑިޑޭޓެއްގެ މާސްޓަރސް ނުވަތަ ޕީއެޗްޑީ އޮތްނަމަ، އެއިން ކޮންމެ ބަޔަކަށް އިތުރު 03 މާކްސް ދިނުމާ
  5. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ކެޑިޑޭޓުންގެ  ތެރެއިން ޝަރުތު ފުރިހަމަވާނަ އިތުރު މާކްސް ދިނުމާ
  6. އިންޓަވިއު ޕެނަލުން ހައިކޯޓްގެ ފަނޑިޔާރުކަމަށް ކަނޑައަޅާ ކެޑިޑޭޓް ހޮވުމަށް ކުރާ އިންޓަވިއުއަށްފަހު ކޮމިޝަނަށް ހުށަހެޅުމުން މާކްސް ދީފައިވާ ތަރުތީބުން ވޯޓަށް އަހާއިރު، އެންމެ ގިނަ މާކްސް ލިބޭ ކެޑިޑޭޓަކަށް މެމްބަރަކު ވޯޓް ނުދެއްވާނަމަ، އެ މެމްބަރަކު ވޯޓްނުދެއްވި ސަބަބު ކޮމިޝަންގެ ޖަލްސާގައި ހާމަކުރުމާ
  7. ޤާނޫނީ ދާއިރާގެ އިތުރުން ޝަރީޢާގެ ރޮގުން އެއްވެސް މަރުހަލާއެއްގައި ޑިގްރީއެއް އޮތްނަމަ 02 މާކްސް ދިނުމަށް ހުށަހެޅުނެވެ.

މި އިޞްލާޙްތަކުގެ ތެރެއިން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޝަރުޠު ފުރިހަމަވާނަ އިތުރު މާކްސް ދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، ދެންހުރި ހުރިހާ އިޞްލާހެއް ވަނީ ފާސްވެފައެވެ.

މިއަދުގެ ޖަލްސާގައި ކޮމިޝަންގެ 10 މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.