ޝަކުވާ ކޮމިޓީގެ ބައްދަލުވުން – 07 ނޮވެމްބަރ 2010

8/11/2010

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޝަކުވާ ކޮމިޓީގެ ބައްދަލުވުމެއް 07 ނޮވެމްބަރ 2010 ދުވަހު ބޭއްވުނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ޢިއްތިފާޤުން މިއަދު ނިންމެވި ކަންތައްތަކުގެ ތެރޭގައި 10 ނޮވެމްބަރ 2010 (ބުދަ)ދުވަހު ޝަކުވާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމާއި، ބުދަ ދުވަހުގެ ޖަލްސާގައި “ޝަކުވާ ބަލާ އުޞޫލު” ފާސްކުރުމާއި، ކޮމިޝަނަށް ހުށަހެޅި ގޮތެއް ނުނިމިހުރި ހުރިހާ ޝަކުވާތަކެއް ކޮމިޓީގެ 5 މެންބަރުންގެ މައްޗަށް ބަހާލައިގެން ދިރާސާކޮށް މަސައްކަތް ހަލުވިކުރުން ހިމެނެއެވެ.
08 ނޮވެމްބަރ 2010