ޝަކުވާ ކޮމިޓީ
ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ދާޢިމީ ޝަކުވާ ކޮމިޓީގެ މަސައްކަތް ގާތްގަނޑަކަށް 5 މަސް ދުވަހުގެ މުއްދަތަށް މެދުކެނޑިފައި އޮތުމަށްފަހު، ޝަކުވާ ކޮމިޓީ އަލުން އެކުލަވާލައި، އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން 3 އޮކްޓޯބަރ 2010ގައި ބޭއްވުނެވެ.
މިބައްދަލުވުމުގައި ޝަކުވާ ބެލުމާބެހޭ ޢުޞޫލެއް އެކުލަވާލުމާއި، ފަނޑިޔާރުންގެ ސުލޫކާބެހޭ 131 ޝަކުވާ ކޮމިޝަނަށް މިއަހަރު ހުށަހެޅިފައިވާއިރު މީގެތެރެއިން 03 ޝަކުވާ ފިޔަވައި އިތުރު ޝަކުވާއެއް ބެލިފައި ނުވާތީ، ޝަކުވާ ކޮމިޓީގެ މަސައްކަތް ހަލުވި ކުރުމާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މިއަށްފަހު އަދި މިއަދާހަމައަށް ކޯރަމް ހަމަނުވުމުގެ ސަބަބުންނާއި، ޝަކުވާ ކޮމިޓީއަށް ކަނޑައަޅާފައިވާ ގަޑިއާ ފުށުއަރާގޮތަށް ކޮމިޝަނުގެ ޖަލްސާތައް ހަމަޖައްސާތީ ޝަކުވާ ކޮމިޓީގެ ޖަލްސާއެއްވަނީ ބޭއްވޭގޮތް ނުވެފައެވެ. ޝަކުވާ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ހަމައްސާފައިވަނީ ކޮމެން އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ 13:00 ން 14:30 އަށެވެ.
މިއަދު (31 އޮކްޓޯބަރ 2010، އާދީއްތަ) ޖަލްސާއަށް ޙާޟިރުވެވަޑައިގަތީ ކޮމިޓީގެ މުޤައްރިރު އަލްފާޟިލް ޢާއިޝަތު ވެލެޒިނީއާއި ކޮމިޓީގެ މެންބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.