ފަނޑިޔާރަކު އެހެންކޯޓެއްގައި ވަގުތީގޮތުން ޝަރިޢަތް ކުރުމަށް ހަވާލުކުރުމުގެ އުސޫލެއް ކަނޑައަޅައިފި

7/10/2010

ފަނޑިޔާރަކު އެހެންކޯޓެއްގައި ވަގުތީގޮތުން ޝަރިޢަތްކުރުމަށް ހަވާލުުރުމުގެ އުސޫލެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލައިފިއެވެ.

މިގޮތަށް ފަނޑިޔާރަކު އެހެން ކޯޓެއްގައި ވަގުތީގޮތުން ޝަރިޢަތްކުރުމަށް ހަވާލުުރުމުގެ އުސޫލެއް ކޮމިޝަނުން އެކުލަވާލީ، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ވަގުތީގޮތުން ފަނޑިޔާރަކާ ދާއިރާ ހަވާލުކުރެވޭނީ  ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމަށް ވާތީއެވެ.

މި ސަރކިއުލައަށް ޢަމަލުކުރަން ފެށުމުން މިހާރު ކޯޓުތަކުގެ ދާއިރާ ހަވާލުކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުވެގެން ދާނެއެވެ.

ހަމައެއާއެކު ވަގުތީގޮތުން ކޯޓުތަކުގެ ދާއިރާ ހަވާލުވާ ފަނޑިޔާރުގެ ޒިންމާއާ މަސްޢޫލިއްޔަތު ކުރިން ޢަމަލުކުރަމުން ދިއަ އުސޫލަށްވުރެ ހަރުދަނާވެގެންވެސް ދާނެއެވެ.

މި އުސޫލަށް ޢަމަކުރަމުން ދިއަނަމަވެސް، ދިވެހިރާއްޖޭގެ ޝަރުޢީކޯޓުތަކުގެ ޤާނޫނުގައި ބުނާ ޖުޑީޝަލް ކައުންސިލް އުފެދުމުން، މިއުސޫލް އަލުން މުރާޖާކުރަން ޖެހޭނެއެވެ.

މި ސަރކިއުލަ ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.