ހައިކޯޓުގެ ފަނޑިޔާރުކަމަށް 23 ފަރާތަކުން ކުރިމަތި ލައިފި

30/9/2010

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެކަމަށް އެދި 23 ފަރާތަކުން ކުރިމަތި ލައިފިއެވެ.

13 ސެޕްޓެމްބަރ 2010 ގައި  ހައިކޯޓަށް ހަތަރު ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ދިރާސާކޮށް، ޝަރުތު ހަމަވޭތޯ ބެލުމާއި، އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ބަސްދީގަތުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ކަނޑައަޅާފައިވާ އަސާސީ މުސާރައާއެކު ލިބޭ އެލަވަންސްތަކަށް ބަލާއިރު، ލިވިންގ އެލަވަންސާ، ޚާއްޞަ އެލަވަންސާ މަތީތަޢުލީމްގެ އެލަވަންސްގެ އިތުރުން ޓްރާންސްޕޯޓް އެލަވަންސް ހަމަޖެހިފައިވެއެވެ. މިގޮތުން މުސާރައާ އިނާޔަތްތަކާ އެކު މަހަކު-/ 35950ރުފިޔާ ލިބޭނެއެވެ.