ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމުގައި މިހާރު ތިއްބެވި ބޭފުޅުން އެ އިޢުލާންގައި ބުނެފައިވާ ބައެއް ތަކެތި ހުށަހަޅަން ނުޖެހޭ ގޮތަށް ކޮމިޝަނުން ނިންމަވައިފި

20/9/2010

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް މިހާރު ހުޅުވާލައިފައިވާ ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުކަމުގައި މިހާރު ތިއްބެވި ބޭފުޅުން އެ އިޢުލާންގައި ބުނެފައިވާ ބައެއް ތަކެތި ހުށަހަޅަން ނުޖެހޭ ގޮތަށް ކޮމިޝަންގެ 105 ވަނަ ބައްދަލުމުން ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ ފަނޑިޔާރުކަމުގައި ތިއްބެވި ބޭފުޅުންގެ ތެރެެއިން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ފަނޑިޔާރުންނަށް، IUL)195/1/2010/1008)ނަންބަރު އިޢުލާންގައި ވާ ލިޔުން ދޭންޖެހޭ ފަރާތަކީ ކޮމިޝަން ކަމަށްވެފައި، އެބޭފުޅުން ގެ ރެކޯޑުތައް ކޮމިޝަންގައި ހުރުމާއި، އަދި ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ތަނަކީވެސް ކޮމިޝަން ކަމުގައި ވާތީއެވެ.

އެގޮތުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާންގައި ބުނެފައިވާ، އެމަޤާމަށް އެެކަށީގެންވާ ޤާބިލްކަމާއި އަޚްލާޤާއި ސުލޫކު ރަނގަޅު މީހެއްކަން އަންގައިދޭ ދެފަރާތެއްގެ ރިފަރެންސް ލިޔުމާއި، އެއްވެސް ފަރާތެއްގެ ބޮންޑެއް އޮތް މީހެއްނަމަ، އެބޮންޑެއް އޮތްފަރާތުން އެމީހާ ދޫކުރާކަމުގެ ލިޔުމާއި އަދި ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ކުރިންވެސް ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެންމެ ފަހުން އަދާކުރި ވަޒިފާއިން ވަކިވި ސަބަބު ބަޔާންކޮށް އެތަނަކުން ދީފައިވާ ލިޔުން ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ނިންމަވާފައެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮށްފައިވާ އިޢުލާން  ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައި ގަންނަވާނެއެވެ. ކޮމިޝަންގެ ވެބްސައިޓް އެޑްރެހަކީ www.jsc.gov.mv އެވެ.