ކޮމިޝަންގެ އިދާރީ ގަވާއިދުގެ ޑްރާފްޓަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

19/9/2010

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިހާރު އެކުލަވާލައިފައިވާ އިދާރީ ގަވާއިދުގެ ޑްރާފުޓަށް، ޚިޔާލު ހުށަހެޅުއްވުމަށް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށް، ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 104 ވަނަ ބައްދަލުވުމުގައި މެމްބަރުން ބަހުސް ކުރެއްވުމަށްފަހު ނިންމަވާފައިވަނީ ކޮމިޝަންގެ އިދާރީ ގަވާއިދުގެ ގޮތުގައި މިހާރު ތައްޔާރުކުރައްވާފައިވާ ޑްރާފްޓަށް  ވީހާ ގިނަ ފަރާތްތަކުގެ ޚިޔާލު ހޯދުމަށެވެ. އެގޮތުން 22 ސެޕްޓެމްބަރ 2010 ވާ ބުދަދުވަހާ ހަމައަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން އީމެއިލްގެ ޒަރިއްޔާއިންނާއި ލިޔުމުން ޚިޔާލު ހުށަހެޅުއްވުމަށްވަނީ ފުރުސަތު ހުޅުވާލައްވާފައެވެ.

އަދި މި ގަވާއިދަށް ހުށަހަޅާ ހިޔާލުތަކާއެކު 23 ސެޕްޓެމްބަރ 2010 ވާ ބުރާސްފަތި ދުވަހު ކޮމިޝަންގައި އެޖެންޑާކޮށް ބަހުސްކުރުމަށް ވަނީ ނިންމަވާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް އެޑްރެހަކީ www.jsc.gov.mv އެވެ. އަދި ޚިޔާލު ހުށަހެޅުމަށްޓަކައި adim@jsc.gov.mv އަށާއި ގަވާއިދުގެ ޑްރާފްޓަށް ކޮމަންޓްކުރުމަށް ވެބްސައިޓްގައި ޚާއްޞަކުރެވިފައިވާ ބައިގައި ލިޔުއްވައިގެންވެސް ޚިޔާލު ފޮނުއްވިދާނެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރީ ގަވައިދެއް ހެދިފައި ނުވާތީ މިއަދާ ހަމައަށްވެސް ކޮމިޝަނުން ޢަމަލުކުރަމުން އައިސްފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ އިދާރީ ގަވައިދާއި ކޮމިޝަނުން ހަދާފައިވާ އުސޫލުތަކާއި ކޮމިޝަންގެ ނިންމުންތަކާ އެއްގޮތަށެވެ.

19 ސެޕްޓެމްބަރ 2010