ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފަނޑިޔާރުންގެ ޝަރުޠު ހަމަވާކަން ނުވަތަ ނުވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފި

6/8/2010

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ތިބި ފަނޑިޔާރުންގެ ކިބައިގަައި ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގައި ބުނާ ޝަރުޠު ހަވާކަން ނުވަތަ ނޫންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅައި، ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އޮންނާތީ، 06 އޯގަސްޓް 2010 ގެ 16:00 ގައި  ބޭއްވުނު ކޮމިޝަނުގެ ޖަލްސާއިންވަނީ މިއަދާހަމައަށް ޝަރުޠު ހަމަވާކަން ނުވަތަ ނުވާކަން ކަނޑަނޭޅި ބާކީ ތިއްބެވި ފަނޑިޔާރުންގެ ކަންކަން ނިންމަވާފައެވެ.

މިގޮތުން  ކޮމިޝަނުން ޝަރުޠު ހަމަވާކަން ނުވަތަ ނުވާކަން ކަނޑައަޅަންޖެހޭ ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި، 197 ފަނޑިޔާރުންގެ ތެރެއިން 191 ފަނޑިޔާރެއް ޝަރުޠު ހަމަވާކަމަށާއި، 06 ފަނޑިޔާރެއް ޝަރުޠު ހަމަނުވާކަމަށް ނިންމަވާފައެވެ.