މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެއިސްހާލެއް ގެނެސް ފާސްކޮށްފި
އިންތިޤާލީ ކޮމިޝަނުން އެކުލަވާލާފައިވާ މާލޭކޯޓުތަކާ ރަށުކޯޓުތަކަށް ފަނޑިޔާރުން ހޯދުމާއި ޢައްޔަންކުރުމާބެހޭ ޤަވާއިދަށް މުހިންމު ދެ އިސްލާހެއްގެނެސް ފާސްކޮށްފިއެވެ. އެގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި
މި ދެ ޤަވާއިދުގެތެރެއިން މާލޭގެ ކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި ތަޢުލީމާ ތަޖުރިބާގެގޮތުގައި ކަނޑައަޅުއްވާފައިވަނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން:، ނުވަތަ
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން:، ނުވަތަ
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ޕީ.އެޗް.ޑީ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 6 މަސްދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.
ރަށުކޯޓުތަކަށް ފަނޑިޔާރުން ނެގުމުގައި ކަނޑައަޅުއްވާފައިވާ ތަޢުލީމާ ތަޖުރިބާގެ މިންގަނޑަށް ބަލާއިރު މެޖިސްޓްރޭޓުންގެ ތަޢުލީމާ ތަޖުރިބާގެ މިންގަނޑެއް ކަމުގައި ކަނޑައަޅާފައިވަނީ
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާއެއް ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން:، ނުވަތަ
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން:، ނުވަތަ
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 6 މަސްދުވަހުގެ ތަޖްރިބާ ލިބިފައިވުން:، ނުވަތަ
އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ޕީ.އެޗް.ޑީ ޙާޞިލުކޮށްފައިވުމާއެކު ޤާނޫނީ މަސައްކަތެއް ކުރުމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 3 މަސްދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.
މީގެ އިތުރުން އަތޮޅު އިސްމެޖިސްޓްރޭޓް ކަމަށް ފަނޑިޔާރުން ހޮވުމުގައި ތަޢުލީމާއި ތަޖުރިބާގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވަނީ

13 ޖޫން 2010