ޤާޟީ މުޙައްމަދު ނަޢީމްގެ މައްޗަށް ހުށެހެޅިފައިވާ މައްސަލައިގެ ތަޙްޤީގުގެ އަޑުއެހުން ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް ނިންމައިފި

25/4/2010

މަދަނީ ކޯޓުގެ ޤާޟީ މުޙައްމަދު ނަޢީމްގެ މައްޗަށް ހުށެހެޅިފައިވާ މައްސަލައިގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ޤާޟީ މުޙައްމަދު ނަޢީމްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ 4މެއި 2010ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައެވެ.
މި ތަޙުޤީގު އަޑުއެހުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަނުމުގެ ފުރުސަތު ދިނުމަށް ކޮމިޝަނުން ނިންމާފައިވަނީ 4 މެއި2010 ވަނަދުވަހުގެ ރޭ 20:30ގެ ކުރިން ވަޑައިގަން ނަންނޯޓުކުރައްވާ ތަރުތީބުން ތަނުގައި ޖާގައޮތް މިންވަރަކަށެވެ. ނަންނޯޓުކުރަން ފަށާނީ އަޑުއެހުން ފެށުމުގެ އެއްގަނޑިއިރުކުރިންނެވެ. ނަންނޯޓްކުރައްވަން ވަޑައިގަންނަވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިތްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
އަދި މި ތަޙުޤީގު އަޑުއެހުމަށް ވަޑައިގަންނަވާއިރު އާންމުކޮށް ކޯޓުތަކުގެ ޝަރިއްޔަތް އަޑުއެހުމަށް ވަޑައިގެންނެވުމުގައި ކަނޑައަޅުއްވާފައިވާ އަޙުލާގީ މިންގަނޑަށް ރިޔާއަތްކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ.