ރ. ރަސްމާދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް ރ. ރަސްގެތީމު މަލްމަލްގެ އަލްފާޟިލް އާދަމް މޫސާ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފި

8/3/2010

ރ. ރަސްމާދޫ  ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އާދަމް މޫސާ (51އ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. އަލްމަރުޙޫމް އާދަމް މޫސާ ނިޔާވީ، 7 މާރޗް 2010ގައި ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ގައި ފެށުމަށް ހަމަޖެހިފައިވާ شريعة އާއި قانونގެ ޑިޕްލޮމާ ކޯހުގައި ބައިވެރިވެ ވަޑައިގަތުމަށް މާލެ ވަޑައިގެން އުޅުންވަނިކޮށެވެ.

އަލްމަރުޙޫމް އާދަމް މޫސާ އެންމެފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޖަސްޓިސްގެ މެޖިސްޓްރޭޓްގެ މަގާމެވެ. އެއީ 26 ޖޫން 1983 ން 01 ސެޕްޓެމްބަރ 1990 އަށެވެ. އޭގެ ފަހުން ރ. އަސްމާދޫ ކޯޓުގެ މެޖިސްޓްރޭޓްކަމާއި އެ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ. އާދަމް މޫސާ 04 މާރޗް 2010 ގައި ނިޔާވިއިރު ހުންނެވީ ރ.ރަސްމާދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް ގްރާޑް 2 ގެ މަގާމުގައެވެ. އަލްމަރުހޫމް އާދަމް މޫސާ ޝަރުޢީ ދާއިރާގައި 26 އަހަރަށް ވުރެ ގިނަ ދުވަހު ވަނީ ޚިދުމަތް ކުރައްވާފައެވެ.

މި ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް އާދަމް މޫސާގެ އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ.

8 މާރޗް 2010