ފުވައްމުލަކާއި އައްޑުއަތޮޅުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނަށް، ފަނޑިޔާރުންގެ ސުލޫކީމިންގަނޑާގުޅޭގޮތުން މަޢުލޫމާތު ދީފި
ފުވައްމަލަކާއި އައްޑުއަތޮޅުގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ ފަނޑިޔާރުންނަށް، ފަނޑިޔާރުން ސުލޫކީ މިންގަނޑާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެއްދުވަހުގެ މުއްދަތަށް ހިންގި މި މަޢުލޫމާތު ދިނުމުގެ ބައްދަލުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާގުޅޭގޮތުން މަޢުލޫމާތު ދެއްވީ ކޮމިޝަންގެ ދެމެމްބަރުންކަމުގައިވާ އަލްފާޟިލާ ޢާއިޝަތު ވެލެޒިނީއާއި އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙުމާނެވެ. ޖުމްލަ 9 ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ރޫޙާއި، އެފަދަ މިންގަނޑެއްގެ ބޭނުން އޮޅުން ފިލުވައި ދިނުމާއި، ސުލޫކީ މިންގަނޑުގައި ހިމެނޭ 7 އުސޫލް އޮޅުން ފިލުވައި ދެއްވިއެވެ. އަދި ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަބާވުދެއްވިއެވެ.
މިއީ ފަނޑިޔާރުންނަށް އަމާޒުކޮށް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމަށް ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.
7 މާރޗް 2010