ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތިން ފަނޑިޔާރުން އަލުން އައްޔަނުކުރުމަށްޓަކައި މިނގަޑެއް ކަނޑައެޅުމުގެ މަސައްކަތް ކޮމިޝަނުން ދަނީ ކުރަމުން

10/2/2010

ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން ޤާނޫނުއަސާސީއަށް ޢަމަލްކުރަން ފަށާއިރު ތިބި އެންމެހާ ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރުކަމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، އެފަދަ ފަނޑިޔާރުން އަލަށް އައްޔަނުކުރުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތެކެވެ. އެގޮތުން ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި، (7 އޯގަސްޓް 2010 ނިޔަލަށް ) ނިންމަން ޖެހެއެވެ.

އެހެންކަމުން ކޮމިޝަނުން މިހާރު ގެންދަނީ ޤާނޫނުއަސާސީގެ 285ވަނަ މާއްދާގައި  ބުނެފައިވާގޮތުގެ މަތިން ފަނޑިޔާރުން އަލުން އައްޔަނުކުރުމަށްޓަކައި މިނގަޑެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.

26 އޯގަސްޓް 2009 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 8 ވަނަ ބައްދަލުވުމުގައި ނިންމާފައިވާގޮތުން ފަނޑިޔާރުން އަލުން އައްޔަނުކުރުމުގެ ކަންކަން ވަކިގޮތަކަށް ހަމަނުޖެހެނީސް އިތުރަށް ފަނޑިޔާރުން އައްޔަނު ނުކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް މިހާރުން މިހާރަށްވެސް 44 ފަނޑިޔާރުން ބޭނުންވެއެވެ.

2009 ވަނަ އަހަރަށް ބަލާއިރު އުމުރުން 70 އަހަރުވެގެން 10 ފަނޑިޔާރަކުވަނީ މުސްކުޅިކުރައްވާފައެވެ. މި 10 ބޭފުޅުންނަކީވެސް އަތޮޅުތެރޭގައި ޚިދުމްތްކުރައްވާފައިވާ ބޭފުޅުންނެވެ.

10 ފެބުރުއަރީ 2010