ޑިމޮކްރަސީ ފެއަރ 2009 ގައި ކޮމިޝަންގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބުނު

28/1/2010

• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމްކޮށްގެން، މިއަހަރުގެ ޖުމްހުރީދުވަހުގެ މުނާސަބަތުގައި ބޭއްވި ޑިމޮކްރަސީ ފެއަރ 09 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ސްޓޯލަށް ގިނައަދަދެއްގެ ބަޔަކުވަނީ ޒިޔާރަތްކޮށްފައެވެ.
• މި ފެއަރގައި ކޮމިޝަންގެ ފަރާތުން ވަނީ ކޮމިޝަންގެ މަސައްކަތްތަކާ، ޒިންމާތައް އާންމު ރައްޔިތުންގެ ތެރެއިން ކޮމިޝަންގެ ސްޓޯލަށް ވަޑައިގެންނެވި ފަރާތްތަކާއި ހިއްސާކުރައްވާފައެވެ. އެގޮތުން ލީފްލެޓާއި، ކޮމިޝަނުން މަހަކު އެއްފަހަރު ނެރުމުންދާ ތަރާދުވަނީ ކޮމިޝަންގެ ސްޓޯލުން ބަހާފައެވެ.
• އަދި ކޮމިޝަންގެ މަސައްކަތްތާކާއި ގުޅޭގޮތުންނާއި ފަނޑިޔާރުންގެ ކަންކަމާބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޝަންގެ ސްޓޯލަށް ވަޑައިގެންނެވި ފަރާތްތަކަށް ކޮމިޝަންގެ މުވައްޒަފުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

16 ނޮވެމްބަރ 2009