މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ހިގަމުންދާ ތަޙްޤީޤަކާ ގުޅިގެން މަދަނީ ކޯޓުގެ ޤާޟީ މުޙައްމަދު ޙިލްމީ މަސައްކަތަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުމަށް ކޮމިޝަނުން އަންގަވައިފި

28/1/2010

• މަދަނީ ކޯޓުގެ ޤާޟީ މުޙައްމަދު ޙިލްމީއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ހިގަމުންދާ ތަޙްޤީޤަކާ ގުޅިގެން ކޮމިޝަންގެ މެމްބަރުގެ މެދުގައި މަޝްވަރާކުރުމަށްފަހު، މި ތަޙްޤީޤު ނިމެންދެން ނުވަތަ ކޮމިޝަނުން ވަކިގޮތެއް އަންގަވަންދެން މުޙައްމަދު ޙިލްމީ ކޯޓުގެ މަސައްކަތަށް ނުނިކުންނަވާ ގޭގައި މަޑުކުރެއްވުމަށް ކޮމިޝަނުން އަންގަވައިފިއެވެ.