ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްއާއި ނައިބު ރައީސް ޢައްޔަންކޮށްފި
• ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާގޮތުގެމަތިން ކޮމިޝަންގެ ރައީސްކަމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މިއަދު ޢައްޔަނުކުރައްވައިފިއެވެ.
• އަދި ކޮމިޝަންގެ މެމްބަރުގެ ތެރެއިން ނާއިބުރައީސްކަމުގެ މަޤާމަށް އަލްއުސްތާޛު މުޖްތާޛު ފަހްމީ ވަނީ މިއަދު ޢައްޔަނުކުރައްވާފައެވެ.
• ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެމަތިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ޢައްޔަންކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.
• ކޮމިޝަނުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދަކީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކޮށްފައިވާ އެކޯޓުގެ އިސްފަނޑިޔާރެވެ. އަދި ނާއިބުރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްއުސްތާޛު މުޖްތާޛު ފަހްމީއަކީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރެވެ.
27 ޖުލައި 2009