މަދަނީ ކޯޓްގެ ޤާޟީކަމުގެ މަޤާމަށް ދެބޭފުޅަކު ޢައްޔަންކުރައްވާ އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވައިފި
މަދަނީ ކޯޓްގެ ޤާޟީކަމުގެ މަޤާމަށް ދެބޭފުޅަކު ޢައްޔަންކުރައްވާ އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. އަލްއުސްތާޛު ޢަލީ ސަމީރާއި އަލްއުސްތާޛާ މަރިޔަމް ނިޙާޔަތަށް ފަތްކޮޅު ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސް އަލްފާޟިލް ޢަބުދުﷲދީދީއެވެ.
އަލްއުސްތާޛު ޢަލީ ސަމީރަކީ ކުރިންވެސް މަދަނީކޯޓުގެ ޤާޟީކަންކުރައްވާފައިވާ ބޭފުޅެކެވެ. އަލީ ސަމީރު ވަނީ މާސްޓާރސް އިން ކޮންޕަރެޓިވް ލޯހައްދަވާފައެވެ. އަދި އަލްއުސްތާޛާ މަރިޔަމް ނިޙާޔަތު ކުރިން މަސައްކަތްކުރައްވާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސްޕްރިންޓެންޑެއްގެ ގޮތުގައެވެ. މަރިޔަމް ނިޙާޔަތު ވަނީ މާސްޓާރސް އޮފް ލޯސް ހައްދަވާފައެވެ.
މިދެބޭފުޅުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ސުޕްރީމް ކޯޓުގައެވެ.
7 މެއި 2009