ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމު ހުސްވެއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުން، ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަލްފާޟީލް ހަސަން އަފީފު، ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ(ހ)ގެ (4)ގައި ބަޔާންކޮށްފައިވާގޮތުގެމަތިން (ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ) ސިޔާސީ މަޤާމަކަށް ކުރިމަތިލައްވައިފައިވާތީއެވެ.
އެމަޤާމުގައި ހުންނެވި އަލްފާޟިލް ޙަސަން އަފީފު ކޮމިޝަންގެ ނާއިބުރައީސް އަލްފާޟިލް ޢަބުދުﷲދީދީއަށް މިއަދު ފޮނުއްވި ސިޓީގައި، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި، ކެންޑިޑޭޓެއްގެގޮތުގައި ހަސަން އަފީފު ކުރިމަތިލައްވާފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމު ހުސްވާނެކަމަށް އަމިއްލަ ފުޅަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
5 އެޕްރީލް 2009