ޝަރުޢީދާއިރާ ރޭވިފައިވާގޮތާއި ކޮމިޝަންގެ މަސައްކަތްތައް އަންގައިދިނުމަށް މާލޭގެ ސާނަވީ ސްކޫލުތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

28/1/2010

ޝަރުޢީދާއިރާ ރޭވިފައިވާގޮތާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ޢާންމުނަށް އަންގައި ދިނުމަށް ހިންގާ ޕްރޮގްރާމްގެދަށުން މާލޭގެ ސާނަވީ މަދަރުސާތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް ހަސަން އަފީފެވެ. ބައްދަލުވުން އިފުތިތާހުކޮށްދެއްވުމުގެ ގޮތުން ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިހާރު ޢަމަލްކުރަމުންދާ ޤާނޫނުއަސާސީން ތިންބާރުވަކިވެފައިވާވުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެކަމެއްކަން ފާހަގަކުރެއްވިއެވެ.
އެގޮތުން އަދުލުއިންޞާފު ގާއިމުކުރުމުގެ ދާއިރާއަކީ ރައްޔިތުންގެ އިތުބާރާ ޔަޤީންކަން ލިބިފއިަވާ ދާއިރާއަކަށް ވުމުގެ މުހިންމުކަމާއި އަދި މިއަދުގެ ކިޔަވާކުދިންނަކީ މާދަމާ މިދާއިރާގެ މަސައްކަތްތަކާ ހަވާލުވެ، ހިންމުގެ ޒިންމާނަގަންޖެހޭނެ ފަރާތްތައްކަމަށްވާތީ ކިޔަވާކުދިންނަށް މިމަޢުލޫމާތުތައް އެނގިފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ކުރިއަށް ގެންދިއަ މިބައްދަލުވުގައި ޝަރުޢީދާއިރާ ރޭވިފައިވާގޮތާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތްތަކާގުޅޭގޮތުން ކުދިންނަށް މަޢުލޫމާތުދިނެވެ.
މި ބައްދަލުވުމުގައި މާލޭ އިންގްލިޝް ސްކޫލް، ގަލޮޅުމަދަރުސާ، މާފަންނު މަދަރުސާގެ އިތުރުން އަމީރު އަޙުމަދުން ދަރިވަރުން ބައިވެރިވިއެވެ.

4 އެޕްރީލް 2009