ކުޑަކުދިންނާބެހޭ ކޯޓަށް އިސްޤާޟީއަކު ހަމަޖައްސަވައިފި

28/1/2010
ކުޑަކުދިންނާބެހޭ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު ޝުއަޢިބު ހުސެއިން ޒަކަރިއްޔާ ހަމަޖައްސަވައިފިއެވެ. އަލްއުސްތާޛު ޝުއަޢިބު ހުސެއިން ޒަކަރިއްޔާ މިހާތަނަށް ހުންނެވީ މަދަނީ ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމްގައެވެ.ކުޑަކުދިންނާބެހޭ ކޯޓަކީ މިހާތަނަށް ޖިނާޢީ ކޯޓުގެ އިސްޤާޟީގެ ބެއްލެވުމުގެ ދަށުން ހިނގާ ކޯޓެކެވެ. ޖިނާޢީ ކޯޓަކީ 18 އަހަރުން މަތީގެ މީހުން ކުރާ ހުރިހާ ބާވަތެއްގެ ކުށްތަކާބެހޭ މައްސަލަތައް ބަލާ ކޯޓެވެ. މިބަދަލުގެ ސަބަބުން ކުޑަކުދިންނާބެހޭ ކޯޓަކީ ވަކިން އިސްޤާޟީއެއްގެ ބެއްލެވުމުގެ ދަށުން ހިނގާ ވަކި ކޯޓަކަށް ވެގެންދާނެއެވެ.