ދެ ކޯޓެއްގެ ފަނޑިޔާރުކަމަށް 5 ބޭފުޅަކު ޢައްޔަންކޮށްފި – 1 ފެބްރުއަރީ 2009

28/1/2010
01 ފެބްރުއަރީ 2009ވީ އާދީއްތަދުވަހު މެންދުރުފަހު 14:25ގައި އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރައްވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ކުރިފުޅުމަތީ 5 ބޭފުޅަކު ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ. މަޤާމުގެ ހުވާލައިދެއްވީ ޢާއިލާއާބެހޭ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ސުޕްރީމްކޯޓުގައެވެ. މިފަސްބޭފުޅުންނަކީ މަދަނީ ކޯޓުގެ ޤާޟީކަމަށް ގ. ޑޭޒީފެހި އަލްއުސްތާޛު ހާތިފް ޙިލްމީއާއި ލ. މާވަށު ނަލަމަލަ އަލްފާޟިލް ޢަބްދުﷲ ޖަމީލް މޫސާއާއި ބ. ކިހާދޫ ގާޑެނިޔާވިލާ އަލްފާޟިލް ޢަލީ ނަސީރުއާއި ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް އއ. ފެރިދޫ ޝިޔާމާމަންޒިލް އަލްފާޟިލް އަޙުމަދު ޝަކީލުއާއި ހދ. ނާވައިދޫ ދެވިނަގެ އަލްއުސްތާޛު އަޙުމަދު ސަމީރު ޢަބްދުލްޢަޒީޒުއެވެ. މަދަނީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރައްވާފައިވާ އަލްއުސްތާޛު ހާތިފް ޙިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލަރ އޮފް ލޯ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޛު އަހުމަދު ސަމީރު ޢަބްދުލްޢަޒީޒަކީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މަދަނީ ކޯޓުގެ ޤާޟީކަމަށް އައްޔަންކުރެވުނު ޢަބްދުﷲ ޖަމީލް މޫސާއަކީ 2003ވަނައަހަރުންފެށިގެން ލ. ދަނބިދޫ ކޯޓުގެ މެޖިސްޓްރޭޓުކަމުގެ ވަޒީފާއަދާކުރައްވާފައި ބޭފުޅެކެވެ. އަލްފާޟިލް ޢަލީ ނަސީރަކީވެސް 1994ން ފެށިގެން ބ. ކިހާދޫ ކޯޓުގެ މެޖިސްޓްރޭޓުކަމުގެ ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީނާ އެންމެފަހުން އަދާކުރެއްވީ ބ. ކިހާދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުކަމެވެ. ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް ޢައްޔަކުރެވުނު އަލްފާޟިލް އަހުމަދު ޝަކީލް 2003 ވަނަ އަހަރުން ފެށިގެން ހުންނެވީ އއ. އުކުޅަހު ކޯޓުގެ މެޖިސްޓްރޭޓުކަމުގެ މަޤާމުގައެވެ. މި 5 ބޭފުޅުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނިމުމަށްފަހު މިބޭފުޅުންނާ މަޤާމުގެ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު 01 ފެބްރުއަރީ 2009ވީ އާދިއްތަދުވަހު ހަވީރު 16.30 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނެވެ. މިބޭފުޅުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން އަފީފެވެ. މިރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބް ރައީސް އަލްފާޟިލް ޢަބްދުﷲ ދީދީއާއި އެހެނިހެން މެންބަރުންވެސް ބައިވެރިވެލެއްވިއެވެ.

<div>ދެ ކޯޓެއްގެ ފަނޑިޔާރުކަމަށް 5 ބޭފުޅަކު ޢައްޔަންކޮށްފި – 1 ފެބްރުއަރީ 2009 (އާދިއްތަ)</div><div id=”date”>2/2/2009 9:59:21 AM</div>01 ފެބްރުއަރީ 2009ވީ އާދީއްތަދުވަހު މެންދުރުފަހު 14:25ގައި އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރައްވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ކުރިފުޅުމަތީ 5 ބޭފުޅަކު ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ. މަޤާމުގެ ހުވާލައިދެއްވީ ޢާއިލާއާބެހޭ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ސުޕްރީމްކޯޓުގައެވެ. މިފަސްބޭފުޅުންނަކީ މަދަނީ ކޯޓުގެ ޤާޟީކަމަށް ގ. ޑޭޒީފެހި އަލްއުސްތާޛު ހާތިފް ޙިލްމީއާއި ލ. މާވަށު ނަލަމަލަ އަލްފާޟިލް ޢަބްދުﷲ ޖަމީލް މޫސާއާއި ބ. ކިހާދޫ ގާޑެނިޔާވިލާ އަލްފާޟިލް ޢަލީ ނަސީރުއާއި ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް އއ. ފެރިދޫ ޝިޔާމާމަންޒިލް އަލްފާޟިލް އަޙުމަދު ޝަކީލުއާއި ހދ. ނާވައިދޫ ދެވިނަގެ އަލްއުސްތާޛު އަޙުމަދު ސަމީރު ޢަބްދުލްޢަޒީޒުއެވެ. މަދަނީ ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރައްވާފައިވާ އަލްއުސްތާޛު ހާތިފް ޙިލްމީއަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލަރ އޮފް ލޯ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޛު އަހުމަދު ސަމީރު ޢަބްދުލްޢަޒީޒަކީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މަދަނީ ކޯޓުގެ ޤާޟީކަމަށް އައްޔަންކުރެވުނު ޢަބްދުﷲ ޖަމީލް މޫސާއަކީ 2003ވަނައަހަރުންފެށިގެން ލ. ދަނބިދޫ ކޯޓުގެ މެޖިސްޓްރޭޓުކަމުގެ ވަޒީފާއަދާކުރައްވާފައި ބޭފުޅެކެވެ. އަލްފާޟިލް ޢަލީ ނަސީރަކީވެސް 1994ން ފެށިގެން ބ. ކިހާދޫ ކޯޓުގެ މެޖިސްޓްރޭޓުކަމުގެ ވަޒީފާ އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީނާ އެންމެފަހުން އަދާކުރެއްވީ ބ. ކިހާދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓުކަމެވެ. ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީކަމަށް ޢައްޔަކުރެވުނު އަލްފާޟިލް އަހުމަދު ޝަކީލް 2003 ވަނަ އަހަރުން ފެށިގެން ހުންނެވީ އއ. އުކުޅަހު ކޯޓުގެ މެޖިސްޓްރޭޓުކަމުގެ މަޤާމުގައެވެ. މި 5 ބޭފުޅުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނިމުމަށްފަހު މިބޭފުޅުންނާ މަޤާމުގެ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު 01 ފެބްރުއަރީ 2009ވީ އާދިއްތަދުވަހު ހަވީރު 16.30 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ބޭއްވުނެވެ. މިބޭފުޅުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން އަފީފެވެ. މިރަސްމިއްޔާތުގައި ކޮމިޝަނުގެ ނާއިބް ރައީސް އަލްފާޟިލް ޢަބްދުﷲ ދީދީއާއި އެހެނިހެން މެންބަރުންވެސް ބައިވެރިވެލެއްވިއެވެ.