ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްއާއި ނާއިބް ރައީސް އައްޔަނު ކޮށްފި

28/1/2010
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާގޮތުގެމަތިން ކޮމިޝަންގެ ރައީސްކަމަށް އަލްފާޟީލް ޙަސަން އަފީފު ކޮމިޝަންގެ މެމްބަރުންގެ ތެރެއިން މިއަދު ޢައްޔަނުކުރައްވައިފިއެވެ. އަދި ކޮމިޝަންގެ މެމްބަރުގެ ތެރެއިން ނާއިބުރައީސްކަމުގެ މަޤާމަށް އަލްފާޟިލް ޢަބްދުﷲ ދީދީވެސް ވަނީ މިއަދު ޢައްޔަނުކުރައްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ޢައްޔަނުކުރުމަށް ހަމަޖެހިފައވަނީ ކޮމިޝަންގެ މެމްބަރުގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އެގޮތުން ނެގުނުވޯޓުން ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް ޙަސަން ޢަަފީފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ތެރެއިން ކޮމިޝަނަށް ޢައްޔަނުކުރައްވާފައިވާ މެމްބަރެވެ. އަދި ނާއިބުރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް ޢަބުދުﷲ ދީދީއަކީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ ފަނޑިޔާރެވ