ޖުޑީޝަލް ސަރވިސް ކޮމިޝަން އުފެއްދުމަށްފަހު މިހާތަނަށް 35 ބައްދަލުވުން ބާއްވާ 97 ނިންމުމެއް ނިންމާފައި (18 ނޮވެމްބަރ 2008

28/1/2010
ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ޖުޑީޝަލް ސަރވިސް ކޮމިޝަން އުފެއްދުމަށްފަހު މިހާތަނަށް 37 ބައްދަލުވުމެއް ޝެޑިއުލްކުރެވި 35 ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މިގޮތުން ކޮމިޝަނުން މިހާރު 97 ނިންމުމެއް ނިންމާފައިވެއެވެ. މި ނިންމުންތަކުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ:
1.އިންތިޤާލީ މަރުޙަލާގައި އުފައްދާ ސްޕްރިމްކޯޓަށް ފަނޑިޔާރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން.
2.ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21ވަނަ މާއްދާގެ (ބ)ގައިވާ ފަދައިން ޝަރުޢީ ދާއިރާގެ ޢާއްމު އިދާރީ ކަންކަންރާވައި ހިންގުމަށްޓަކައި އިދާރާއެއް އުފައްދަވާ އެތަނުގެ ނަމަކަށް ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި ހަމަޖައްސަވާ އެ ޑިޕާރޓްމަންޓަށް ޤާނޫނުގައިވާ ގޮތުގެމަތިން ފަންނީ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މ. ފުރަހަނިއާގެ އަލްފާޟިލް އިބްރާހީމް އަޙްމަދުމަނިކު ޢައްޔަނުކޮށް އެ ޑިޕާރޓްމަންޓްގެ އެންމެ އިސްމަޤާމަކީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ކަމުގައި ކަނޑައަޅުއްވާ އެމަޤާމަށް އެބޭފުޅާ އިސްކުރައްވާ އެ ޑިޕާރޓްމަންޓްގެ މެންޑޭޓް ޤާނޫނުގައިވާ ގޮތުގެމަތިން އެކުލަވާލުން.
3.ހައިކޯޓާއި މާލޭގެ ޖިނާއީ، މަދަނީ އަދި ޢާއިލާއާބެހޭ ކޯޓަށް އިސް ޤާޟީން ހަމަޖެއްސުމާއި ދެބޭފުޅަކަށް އަލަށް ޤާޟީކަން ދެއްވުން.
4.ޤާނޫނުގައި ބަޔާކުރެވިފައިވާ މަސައްކަތްތައް އެދެވޭގޮތެއްގައި ކުރުމަށްޓަކައި މިހާރުން މިހާރަށް އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި ނިޒާމްތައް އެކުލަވާލުން. މިގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާތައް ހިންގުމުގެ ޤަވާޢިދު، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ އޮނިގަނޑު، އަދި ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ހިންގުމާއިބެހޭ ޤަވާޢިދު އެކުލަވާލުން.
5.ކޮމިޝަންގެ މަސައްކަތްތައް އެދެވޭގޮތެއްގައި ހިންގުމަށްޓަކައި 3 ކޮމިޓީއެއް އެކުލަވާލެވިގެން މަސައްކަތްކުރުން. މިގޮތުން އުފެއްދިފައިވާ ކޮމިޓީތަކަކީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އެކުލަވާލެވުނު ތަޙުޤީޤް ކޮމިޓީ، ފަނޑިޔާރުން ޢައްޔަނު ކުރުމާއި ވަކިކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމުގެ ޤަވާޢިދު ކޮމިޓީ އަދި ވަޒީފާއާއި ބެހޭ ޓެކްނިކަލް ކޮމިޓީ.