ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އިސްތިއުފާދެއްވާއިފި

28/1/2010
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (10/2008) ގެ 7 ވަނަ މާއްދާގައިވާގޮތުގެ މަތިން ޢައްޔަނުކުރައްވާފައިވާ މި ކޮމިޝަންގެ ނައިބު ރައީސް އަލްއުސްތާޛު ޢައްބާސް ޝަރީފް 16 ނޮވެމްބަރ 2008 ގައި މި ކޮމިޝަނަށް ކޮޕީކުރައްވާ ރައީސުލް ޖުމްހޫރިއްޔާއަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތުގައި މެމްބަރަކު އިސްތިއުފާދިނުމަށް ބޭނުންވެއްޖެނަމަ ސީޓިއަކުން އެކަންބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި އެސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެމެމްބަރަކު މެމްބަރުކަމުން ވަކިވީއެވެ. ވުމާއެކު ކޮމިޝަންގެ ނައިބުރައީސް ކަމުގެ މަޤާމު މިހާރުވަނީ ހުސްވެފައެވެ.