ކޮމިޝަނަށް ހުށަހެޅިފައިވާ 121 ޝަކުވާގެތެރެއިން ދިރާސާކުރުމަށްފަހު، 5 މައްސަލައެއް ކޮމިޝަނުން ބަލަމުން އެބަދޭ

31/1/2010

މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ 121 ޝަކުވާގެތެރެއިން ދިރާސާކުރުމަށްފަހު  5 މައްސަލައެއް ކޮމިޝަނަށް ހުށަހެޅި، ބަަލަމުން  އެބަގެންދެއެވެ.

2009 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ބަލާއިރު، މިހާތަނަށް ޝަކުވާކޮމެޓީން ދިރާސާކުރުމަށްފަހު 63 މައްސަލައަކަށްވަނީ ޖަވާބުދެއްވާފައެވެ.

ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ތަހުޤީޤުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވާ 5 މައްސަލަ ތަހުޤީގުކުރުމުގެ މަސައްކަތް މިހާރުދަނީ ހިގަމުންނެވެ.

އަދި ހަމައެއާއެކު ހުށަހެޅިފައިވާ މައްސަލަތަކުގެތެރެއިން މިހާތަނަށް ދިރާސާކޮށް 12 މައްސަލައަކީ ކޮމިޝަނާ ގުޅުމެއްނެތް މައްސަލަތައްކަމަށް ކޮމިޝަނުންވަނީ ނިންމަވާ އެފަރާތްތަކަށް ޖަވާބުދެއްވާފައެވެ.

ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނާއި ބޭހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާއިމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ މިކޮމިޝަންގެ ޒިންމާއެކެވެ.