ޝަކުވާ
ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނާއި ބޭހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާއިމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށް ހުށަހެޅުމަކީ މިކޮމިޝަންގެ ޒިންމާއެކެވެ.
ފަނޑިޔާރަކާއިބެހޭގޮތުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެކަމަށް އެދޭ ފޯރމް ފުރިހަމަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެޑްރެސްކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައިވާ އެޑްރެހަށް ފޮނުވާނީއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ
ހުށަހަޅާ ޝަކުވާއާއި އެކަމާގުޅިގެން ހުށަހަޅާ ހެކިތަކަކީ މިކޮމިޝަންގެ ޒިންމައާ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާންޖެހޭނެއެވެ. މިކޮމިޝަންގެ ޒިންމާގެ ތެރޭގައި ނުހިމެނޭ ބައެއް ކަންތައްތަކުގެ މިސާލު:
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ބަދަލުކުރުން
އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު އިތުރުކޮށް ކޯޓަށް މައްސަލަ ބަލައިގަތުމަށް އެންގުން
ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ފަނޑިޔާރުންނާއި ހަވާލުކުރުމާއި ބަދަލުކުރުން
މީހުން ހާޒިރުކޮށްދިނުން
މިކޮމިޝަނުން ޝަކުވާއެއް ބަލައިގަތުމުގައި މައިގަޑުގޮތެއްގައި ބަލާނީ
ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ” ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލްނޫންކަމަށް ނުވަތަ އެމަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލެއް އެފަނޑިޔާރު ކޮށްފައިވޭތޯ” އާއިޤާނޫނު އަސާސީގެ 149 ވަނަ މައްދާގައި ބަޔާންކުރާ ފަނޑިޔާރެއްގެ ހުރުން ލާޒިމް ޝަރުތު ތަކުގެ ތެރެއިން ޝަރުތެއް އުނިވެފައިވެތޯއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާއި ޚިލާފު ވެފައިވޭތޯއެވެ ފޯމް ގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި
ޝަކުވާ ހުށަހަޅާފަރާތުގެ އައިޑީކާޑުކޮޕީ
ހެކިންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ އައިޑީކާޑު ކޮޕީ
ޝަކުވާ ސާބިތު ކުރުމަށް ހުށަހަޅާ ލިއުންތަކުގެ ކޮޕީ
އެނގޭތޯ..؟ 



